އެމެރިކާ މައިން ޝާފްޓެއްގެ ތެރެއިން ފެނުނު 19 ގަރުނުގެ ލިވައިސް ޖީންސެއް ނީލަމެއްގައި ރެކޯޑް އަގަކަށް ވިއްކާލައިފި އެވެ.
ފެންނަ ފެނުމަށް މާ ބޮޑު ގެއްލުމެއް ވެސް ވެފައި ނެތް އަދި އެހާ ޒަމާންވީ އެއްޗެއްކަން ވެސް ނޭނގޭ ހާލަތުގައި މިއޮތް ޖީންސަކީ 1880 ގެ އުފެއްދުމެކެވެ. މި ޖީންސް ނިއު މެކްސިކޯގައި ބޭއްވި ނީލަމުގައި ވިކުނީ 87،400 ޑޮލަރު (1.4 މިލިއަން ރުފިޔާ) އެވެ. މިއީ މިހާ ބޮޑު އަގެއް ލިވައިސް ޖީންސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ލިވައިސް ޖީންސް ބްރޭންޑްގެ ތެރެއިން އެންމެ މަޝްހޫރު ބްރޭންޑެވެ.
ސައިޒް 38 ގެ ނަވާރަ ގަރުނުގެ ލިވައިސް ޖީންސް ނީލަމުގައި ގަތީ ހަލާކުވާ ޖީންސް މަރާމާރުކުރުމުގެ މަސައްކަތްކުރާތާ 30 އަހަރަކަށްވީ އެމެރިކާގެ ލޮސް އެންޖެލިސްގައި "ޑެނިމް ޑޮކްޓާސް" ގެ ނަމުގައި ވިޔަފާވެރިއެއް ކުރަމުން އަންނަ ޒިޕް ސްޓީވެންސް އާއި 32 އަހަރުގެ ކައިލް ހޯންޓްނާ ކިޔާ މީހެކެވެ. މި ދެ މީހުން ވެގެން "ޑެނިމް އާކިއޮލޮޖިސްޓް" ޖީންސް ގަތް އިރު، ސްޓީވެން ހޭދަކުރީ އަގުގެ 10 ޕަސެންޓެވެ. އަދި ކައިލް ހޭދަކުރީ އަގުގެ 90 ޕަސެންޓެވެ.
ޒަމާންތަކެއްވީ މި ޖީންސާ ބެހޭ ގޮތުން ސްޓީވެން ބުނީ އޭނަ އަކީ މިހާތަނަށް ލިވައިސް ޖީންސްގެ ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ މީހެއް ކަމަށެވެ. އެކަމަކު އެހާ ޒަމާންވީ އިރު ވެސް ބޭނުންކުރެވޭ ހާލަތުގައި އޮތް ޖީންސެއް ނުދެކޭ ކަމަށެވެ.
"މީތި ފެނިފައި ފުރަތަމަ އަހަރެން ހީކުރީ މިއަށް ވާނީ ގާތްގަނޑަށް ފަސް ވަރަކަށް އަހަރު ކަމަށް. އެކަމަކު އެ އޮތް ހާލަތަށް ބަލާ އިރު މިއީ ގެ ދެ ގަރުނު ކުރި އަށް ނިސްބަތްވާ އެއްޗެކަން އެނގުނީމަ ވަރަށް ބޮޑު ހައިރާން ކަމަކަށްވި." ސްޓީވެން ބުންޏެވެ.