އެއާޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކުރުމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި ތިން ވަނަ ޕްރޮގްރާމް ނިންމާލައިފި އެވެ.
އެ ކުންފުނިން ބުނީ ބޭސިކް އެއާ ޓްރެފިކް ކޮންޓްރޯލާސް ޓްރެއިނިންގެ ތިން ވަނަ ބުރުގައި ނުވަ މީހަކު ތަމްރީނުކުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ހަ ފިރިގެނުންނެވެ. އަށް ހަފުތާގެ ޓްރެއިނު ފުރިހަމަކޮށްފަ އެވެ. އެމްއޭސީއެލުން މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އޮގަސްޓް 21 އިން ފެށިގެން އިއްޔެ ނިޔަލަށް ކމަށެވެ. މި ޕްރޮގްރާމަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ހިންގި ޕްރޮގްރާމެކެވެ.
With 9 air traffic controllers, the 3rd batch of Basic Air Traffic Controllers training course was completed today.
The 8-week course was designed and delivered in accordance with International Civil Aviation Organization standards (ICAO). pic.twitter.com/Yvcho9LlXh
— Maldives Airports Company Ltd – MACL (@MACLmedia) October 13, 2022
ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވި އެންމެންނަކީ ވެސް އެއާ ޓްރެފިކް ސެންޓަރު، އޭޓީސީ) އާ މުޅިން އަލަށް ގުޅުނު މުވައްޒަފުންނެވެ. މި ޓްރެއިނިން ފުރިހަމަކުރި މީހުނ މޯލްޑިވްސް އޭޓީސީ އާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން ރާއްޖޭގެ އެހެން އެއާޕޯޓްތަކުގައި ވެސް މަސައްކަތްކުރަން ހަމަޖެހިފައެވެ.
އެމްއޭސީއެލް އަކީ ރާއްޖޭގެ ސަރަހައްދީ ހުރިހާ އެއާޕޯޓްތަކެއްގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުތައް މެނޭޖްކުރާ ކުންފުންޏެވެ.