Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އިދިިކޮޅު ކޯލިޝަން އެއްވުމުން ރޭ 4 މީހަކު ހައްޔަރަށް

އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލަން މިހާރު ސިލްސިލާކޮށް ޕީޕީއެމް/ޕީއެންސީން ބޭއްވަމުން އަންނަ އެއްވުންތަކުގެ ތެރެއިން ރޭ ހައްޔަރުކޮށްފައި ވަނީ ޕީޕީއެމް ޔޫތު ވިންގުގެ ހަތަރު ޒުވާނުން ކަމަށް ކޯލިޝަނުން ބުންޏެވެ.

އެ ދެ ޕާޓީން ވަނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ނުހައްގުން ކަމަށާއި އެ މީހުން މިހާރު މިހާރަށް ދޫކޮށްލަން ގޮވައިލާ ކަމަށެވެ. އަދި އެ މީހުންގެ ފޮޓޯތައް ވެސް ޕީޕީއެމްގެ ޓްވިޓާގައި އާންމުކޮށްފައިވެ އެވެ.

ރޭގެ އެއްވުމުގައި ދެ ޕާޓީގެ އިސް ބޭފުޅުން ވާހަކަ ދެއްކެވި އެވެ.