Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ވައިޓް އެލާޓްގެ ވަގުތު ދަންމާލައިފި

މިއަދު މުޅި ރާއްޖެ އަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ފަތިހު ނެރުނު ވައިޓް އެލާޓްގެ ވަގުތު ދެވަނަ ފަހަރަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ދަންމާލައިފި އެވެ.

އެތަނުން މިހާރު އެލާޓް މުއްދަތު އިތުރުކޮށްފައި ވަނީ މިރޭ 11:00 އާ ހަމައަށެވެ. ފަތިހު 5:30 ގައި ނެރުނު އެލާޓްގެ މުއްދަތު ހެނދުނު 11:30 އަށް ހަމަވާތީ ފަހުން އެލާޓްގެ މުއްދަތު ހަވީރު 5:30 އަށް އިތުރުކޮށްފި އެވެ. އަދި އޭގެ ފަހުން މިރޭ 11:00 އާ ހަމައަށް އެލާޓްގެ މުއްދަތު ދިގު ދަންމާލީ މީގެ ދެ ގަޑިއެއްހާ އިރު ކުރިންނެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ ބޯކޮށް ވާރޭ ވެހި ގަޑިއަކު 22-27 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ.

އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރަން ވެސް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.