Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެޕްރެންޓިސްގެ އާ ބެޗަކަށް އެމްޕީއެލުން ހުޅުވާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މީހުން ބިނާކުރަން ކުރިއަށް ގެންދާ ނޭޝަނަލް އެޕްރެންޓިސް ޕްރޮގްރާމްގެ އަށް ވަނަ ބެޗްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ ޔޫތު މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ ޕްރޮގްރާމްގެ އާ ބެޗްގެ ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް
އެޕްލައިކުރުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ފަހަރުގެ އެޕްރެންޓިސް ޕްރޮގްރާމްގައި މީހުން ތަމްރީނުކުރަން ހަމަޖެހިފައި ވަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ.

އެގޮތުން ހެވީ ވެހިކަލް އޮޕަރޭޓިން ދާއިރާއިން ހަ ފުރުސަތާއި އިލެކްޓްރިކަލް އިންޖިިއަރިން ދާއިރާއިން އެއް ފުރުސަތުގެ އިތުރުން މެރިން އިންޖިިނިއަރިން ދާއިރާ އިން އެއް ފުރުސަތަށް ވަނީ ހުޅުވާލައިފަ އެވެ. މި އެޕްރެންޓިސް ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 18-30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

އެމްޕީއެލުން ބުނީ ޕްރޮގްރާމް ހޮވޭ މީހުންނަށް، ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގެ ތެރޭގައި އެލަވަންސެއްގެ ގޮތުގައި މަހަކު 5،000ރ. ލިބޭނެ ކަމަށެވެ.

މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު 3039638 އާއި 3039636 އިން ހޯދޭނެ އެވެ.