Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ރާއްޖޭގެ ރާޒުވާ ޓީމެއް ބާލީ އަށް

އޭޝިއާގައި ބުރާސްފަތި ދުވަހު ފެށި "އޭޝިއަން ޔޫތު ޗެސް ޗެމްޕިއަންޝިޕް" ގައި ވާދަކުރާ ރާއްޖޭގެ ޓީމް އެ ގައުމަށް ފުރައިފި އެވެ.

އިންޑޮނީޝިއާގެ ބާލީގައި މި މަހުގެ 13-22 އަށް ކުރިއަށް ގެންދާ މުބާރާތް ހަތް އުމުރުފުރައަކަށް ބަހާލައިގެން ބާއްވާ އިރު، ރާއްޖޭން މުބާރާތުގައި ހަތް ކުއްޖަކު ބައިވެރި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެން ބައިވެރިންނާއި ދެ އަންހެން ބައިވެރިންނެވެ. ވާދަ ކުރެ އެވެ.

ރާއްޖޭން މުބާރާތުގައި ބައިވެރިވާ ޓީމްގައި ހިމެނޭ މެމްބަރުންނަކީ މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ނެޝަނަލް ޔޫތު އެންޑް ޖޫނިއަރ ޗެސް މުބާރާތުން އެއް ވަނަ ލިބުނު ތިން ކުޅުންތެރިންނާއި، އަމިއްލަ ގޮތުން ބައިވެރިވި ތިން ކުޅުންތެރިންނެވެ. އެ ބައިވެރިންނަކީ މަރިޔަމް އީނަލް މުއާވިޔަތާއި މުހައްމަދު ޔޫއާން ޔަކްސަނާއި މުހައްމަދު ލޫތު އިސްމާއިލާއި ޔޫސުފް ވަސީމް އަހުމަދާއި އާސިލް އިބްރާހިމް ރަޝީދާއި އައިޝަތު ސާރާ އާއި އަހުމަދު ޚަލަފެވެ.

އޭޝިކއަން ޗެސް ފެޑެރޭޗަނާއި އިންޑަނޭޝިއަން ޗެސް ފެޑެރޭޝަން ގުޅިގެން ބާއްވާ "އޭޝިއަން ޔޫތު ޗެސް ޗެމްޕިއަންޝިޕް" ގައި ރާއްޖޭގެ އިތުރުން 19 ގައުމަކުން ވާދަކުރެ އެވެ.