ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހެކަތޮން 30 އަށް ވުރެ ގިނަ ބައިވެރިންނާ އެކީ ފަށައިފި އެވެ.
މޯލްޑިވްސް އިން އިނޮވޭޝަން ލެބް ހެކަތަން އިއްޔެ ފެށީ ހޮޓެލް ޖެންގަ އެވެ. މި ހެކަތަން ކުރިއަށް ގެންދަނީ "ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއެންސް" ތީމްގެ ދަށުންނެވެ. ގައުމީ ބޭންކުން 48 ގަޑިއިރަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދާ މި ހެކަތަންގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންނާއި، ޓީމްތަކަށް ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި، ހައްލުތައް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ހެކަތޮންގައި ތިން ޓީމެއް ހޮވައި ހުށަހަޅާ ހިޔާލުތަކުގެ ތެރެއިން ހުށަހަޅާ ފަރާތްތަކަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ. އަދި ހޮވޭ ޓީމުތަކުން ހުށަހަޅާ ސޮލިއުޝަންތައް ބޭންކާ އެކީ ވެވޭ އެއްބަސްވުމެއް ދަށުން ގަތުމަށް ހަމަޖެހިފައިވެ އެވެ.
މީގެ ތެރެއިން ބޭންކުން ފުރިހަމަކޮށްދޭނެ ކަންކަމުގެ ތެރޭގަ މަސައްކަތްކުރާނެ ހާއްސަ ތަނެއް ހަމަޖައްސައި ދިނުމާއި ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000ރ. ދިނުމު އިތުރަށް ޑިވެލޮޕްކުރާ ސޮލިއުޝަންތަކަށް ދިގު މުއްދަތުގެ މެއިންޓެނަންސް ކޮންޓްރެކްޓް ހެދުން ހިމެނެ އެވެ.
މި ހެކަތޮން ކާމިޔާބު ކުރާ ޓީމުތައް ހޮވުމަށް ހޮވާނީ މާދަމަ އެވެ.