ރާއްޖޭގައި އަނެއްކާ ވެސް އިތުރު އާ ދިވެހި ޓީވީ ޗެނަލެއް ލޯންޗްކޮށްފި އެވެ.
"ދާރިސް ޓީވީ" ގެ ނަމުގައި އެ ޗެނަލެއް މިއަދު އިފުތިތާހުކޮށް ދެއްވީ މަންހަޓަން ބިޒްނަސް ހޮޓެލްގައި މިއަދު މަޝްހޫރު ލިޔުންތެރިޔާ މަޑުލު މުހައްމަދު ވަހީދެވެ.
"ދާރިސް ޓީވީ" އަކީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންތަކެއް އިސްކޮށް ތިއްބަވައިގެން އުފެއްދެވި ޗެނެލެކެވެ. ފަހަތުގައި އެ ޗެނެލްގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަނަކީ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމެވެ.
އޭނާ ވިދާޅުވީ ޗެނެލްގެ މައިގަނޑު ތަސައްވުރަކީ ސައްތަ ތެދު ޚަބަރުރަކާ އެކީ ރާއްޖޭގެ އެންމެ މަގުބޫލު ޗެނަލަށްވުން ކަމަށެވެ. ލު އަދި އެ ޗެނެލްގެ މަގުސަދުގެ ތެރޭގައި ހިމެނެނީ މައިގަނޑި ފަސް ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އެއީ އިސްލާމް ދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި ތެދު ޚަބަރު އާންމުކުރުމާއި ހުރިހާ އުމުރުފުރައަކާ ގުޅޭ ޕްރޮގްރާމް އުފައްދައި ގެނެސްދިނުމާއި – ތަފާތު ދާއިރާގެ އިލްމީ ޕްރޮގްރާމް އުފައްދާ ގެނެސްދިނުމުގެ އިތުރަށް މުޖުތަމައުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ.
"ދާރިސް ޓީވީ" ގެ ސްޓޭޝަން މެނޭޖަރަކީ ޖަމިއްޔަތުއް ސަލަފުގައި އިސްކޮށް އުޅުއްވާ އަލީ ރަމީޒެވެ.
އެ ޗެނެލް މި ވަގުތު ފެންނާނީ ދިރާގު ޓީވީ މެދުވެރިކޮށެވެ. އެކަމަކު ވަރަށް އަވަހަށް މީޑިއާ ނެޓުންވެސް "ދާރިސް ޓީވީ" ބެލޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ.