Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ބީއެމްއެލުން ކެންސަ ސޮސައިޓީ އަށް 150،000ރ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ 'ޕިންކް ރިބަން ރަން-ވޯކް' އަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

'ޕިންކް ރިބަން ރަން-ވޯކް' މިއަދު ހުޅުމާލޭގެ އިތުރުން 33 ރަށެއްގައި ބާއްވާފައިވެ އެވެ.

ސީއެސްއެމް އިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށްކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ވަނީ އެ ޖަމިއްޔާއަށް 150،000ރ. ވެސް ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން ބޭންކުން ވަނީ އެ ޖަމިއްޔާއިން ފާފު އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިންގ ޕްރޮގްރާމަށްވެސް ބޭންކުންވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ޕާރޓްނާޝިޕް ގެ ދަށުން ސީއެސްއެމް އިން ވަނީ ބީއެމްއެލް ގެ މުވައްޒަފުންނަށް ހިލޭ ކެންސަރ ސްކްރީން ޕްރޮގްރާމެއް ބާއްވާފަ އެވެ. 2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.