ބޭރުގެ ބަލްކް ކެރިއައެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ސިއްހީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ މޮރިޝަސް އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުން ދިޔަ "އެމްވީ ލޭޑީ މިރާފް" ނަމަކަށް ކިޔާ ބަލްކް ކެރިއާއެއްގައި ހުރި އުމުރުން 27 އަހަރުގެ ފިރިހެން ފަޅުވެރިއެއް ޞިއްޙީ ހާލުދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އިއްޔެ ހުކުރު ދުވަހު ހަވީރު އެވެ.
MNDF Southern Area Coast Guard 4th Squadron conducted a medical evacuation of a 27 years old male in critical condition aboard MV LADY MIRAF from Mauritius to Singapore.https://t.co/Ku3rD9gAXq pic.twitter.com/VYC1x4Cmxs
— Maldives National Defence Force (@MNDF_Official) October 15, 2022
އެ އުޅަނދު އައްޑޫ ގަމުގެ އުތުރުން ގާތްގަނޑަކަށް ތިން މޭލު ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަ ކްރާފްޓް ވަނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހޮނިހިރު ދުވަހުގެ ރޭ 11:25 ހާއިރު ބަލްކްކެރިއަ އޮތް ސަރަހައްދަށް ދިޔަ އެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ އެހީތެރިކަމާ އެކީ ބަލި މީހާ ބޯޓުން ބާލައި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް (އޭއީއެޗް) ރޭ 12:15 ގައި ވަނީ ގެންގޮސް ދީފަ އެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް މިފަދަ އުޅަނދެއްގައި ހުރި ބަލި މީހަކަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިން ފޯރުކޮށް ދީފައިވެ އެވެ.