އައްޑު ހިތަދޫ ޕޯޓްގެ ފްރީ ސްޓޯރޭޖް ހިދުމަތުގެ މުއްދަތަށް ބަދަލުތަކެއް ގެނެސްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން އެ ބަނދަރު މެނޭޖްކުރާ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ނެރުނު އިއުލާނެއްގައި ބުނީ ބަނދަރަށް ގެނެވޭ މުދަލަށް ދެވޭ ފްރީ ސްޓޯރޭޖް މުއްދަތުތަކަށް އިއްޔެއިން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ކޮންވެންޝަނަލް ކާގޯ ފްރީ ސްޓޯރޭޖާއި ކޮންޓެއިނާ އިން ޑީ-ސްޓަފްކުރާ ކާގޯގެ ފްރީ ސްޓޯރޭޖް މުއްދަތަށް ގެނައި ބަދަލާ އެކީ މިހާރު ޔާޑްގައި ބަހައްޓާ ކާގޯ އަށް 10 ދުވަސް އަދި ވެއާ ހައުސްގައި ބަހައްޓާ ކާގޯ އަށް ވެސް ދޭނީ ފަސް ދުވަސް ކަމަށް ވަނީ ނިންމައިފަ އެވެ.
ނަމަވެސް އެހެނިހެން މުދަލުގެ ފްރީ ސްޓޯރޭޖް މުއްދަތު ދޭނީ އެމްޕީއެލްގެ ޓެރިފާ އެއްގޮތަށް ކަމަށް ވެސް އެޗްޕީއެލުން ބުންޏެވެ.