Last Updated: July 23, 10:04
Thursday, July 23, 2026
ދުނިޔެ

ޕާކިސްތާނަކީ ވަރަށް ނުރައްކާތެރި ގައުމެއް

ދުނިޔޭގެ އެންމެ ނުރައްކާތެރި އެެއް ގައުމަކީ ޕާކިސްތާން ކަމަށާއި އެ ގައުމަކީ އެއީ އަސާސެއް ނެތި ނިއުކްލިއާ ޕްރޮގްރާމެއް ވެސް ގެންގުޅޭ ކަމަށް ގައުމެއް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އޭނާ ޕާކިސްތާނާ ބެހޭ ގޮތުން މި މޭރުމުން ވާހަކަ ދެއްކެވީ އިއްޔެ ކެލިފޯނިއާގައި ބޭއްވި ޑިމޮކްރެޓިކް ކޮންގްރެޝަނަލް ކެމްޕެއިން ކޮމިޓީ ރިސެޕްޝަންގަ އެވެ. ބައިޑެން ވިދާޅުވީ ޕާކިސްތާނާއި ރަޝިއާ އަކީ މުޅި ދުނިޔެ އެ ދެ ގައުމަށް ފާރަވެރިވާން ޖެހޭ ގައުމެއް ކަމަށެވެ. އަދި އެ ގައުމުތަކުން ގެންގުޅޭ "ހަމައެއްލަމައެއް ނެތް" ހަރުކަށި އުސޫލުތަކާއި ހެދި ޕާކިސްތާނާއި ރަޝިއާގެ އިތުރުން ޗައިނާގެ ހާރިޖީ ސިޔާސަތަކާ މެދު އެމެރިކާއިން ވަރަށް ފަރުވާތެރި ވާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

"ޕާކިިސްތާނަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ގައުމު،" އޭނާ ވިދާޅުވި އެވެ. "އަދި އަޅުގަނޑު ގަބޫލުކުރަނީ ވެސް އެ ގައުމު ދުނިޔޭގެ އެންމެ ނުރައްކާތެރި ގައުމަށް ވެސް ވެދާނެ ކަމަށް."

ބައިޑެންގެ މި ވާހަކަތަކާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހާބާޒް ޝަރީފު އެ ވާހަކަތައް ވަރަށް ކުށްވެރިކުރައްވާފައިވެ އެވެ. އެކަމާ ގުޅިގެން ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ގައުމު އެންމެ ނުރައްކާތެރި އެއް ގައުމުގެ ގޮތުގައި އެމެރިކާ އިން ސިފަކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ނިއުކްލިއާއާ ގުޅުން ހުރި ކަންކަމަކީ ޕާކިސްތާނުން އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކުރިއަށް ގެންދާ ކަމެއް ކަމަށާއި އެކަން އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އޭޖެންސީ އައިއޭއީއޭ) އަށް އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން އެ ގައުމުން ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމްތަކީ ގައުމަކުން އެންމެ ޒިންމާދާރުކޮށް ކުރިއަށް ގެންދާ ޕްރޮގްރާމް ކަމަށް ވެސް ވިދާޅުވި އެވެ.

"ޕާކިސްތާނާ ބެހޭ ގޮތުން އެމެރިކާ އިން ދެއްކި ވާހަކަތަކަކީ އަހަރެމެންނާއި މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބިރެއް." ބަޔާނުގައި ބުންޏެވެ.