Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މެޖިސްޓްރޭޓް ރަފީއުއްދީންގެ ސުލޫކީ މައްސަލައެއް

މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު--

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

މެޖިސްޓްރޭޓް ރަފީޢުއްދީންގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައިވަނީ، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާޢީ މައްސަލައެއްގައި ޚުލާސާ ބަޔާން އިއްވުމަށްފަހު، ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ޙުކުމް ކޮށްފައިނުވާތީއެވެ.

ޖޭއެސްސީން ބުނެފައިވަނީ މި މައްސަލަ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 69 ވަނަ ޖަލްސާއިން ނިންމާ، މި މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.