Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އައްޑޫގެ ޑީކޯ ޗެމްބަރު ތިނަދު އަށް

އައްޑޫގައި ހުރި ޑީކޮމްޕްރެޝަން ޗެމްބަރު ގދ. ތިނަދޫ އަށް ގެންގޮސްފިއެވެ.

އައްޑޫ އިކްއެއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ހުރި އެ ޗެމްބަރު ތިނަދު އަށް ގެންގޮސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. މިކަމާ ގުޅިގެން ހިތަދޫގެ ބަޔަކު ރޭ ކަންބޮޑުވުން ފާޅުކޮށް، އެ ވާހަކަ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އައްޑޫގައި ހުރި ޑީކޯ ޗެމްބަރު ތިނަދު އަށް ގެންދިޔައީ މާ ކުރީގެ މޮޑެލެއްގެ އެއްޗަކަށްވާތީ އެ ބޭނުން ނުކޮށް ހުންނާތީ އެވެ. ޑީކޯ ޗެމްބަރަކީ ފީނަން އުޅުމުގެ ތެރޭގައި ދިމާވާ ބައެއް ހާލަތްތަކާ ގުޅިގެން އަވަސް ފަރުވާދޭން ބޭނުންކުރާ އެއްޗެކެވެ. އެގޮތުން މިއީ މަސްވެރިންނަށް ވަރަށް މުހިއްމު އެއްޗަކަށްވެ އެވެ.

ކޮވިޑާ ވިދިގެން ބަންދުކޮށްފައި އިތް އައްޑޫގެ ޝަަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގައި ކުރިން ޑީކޯ ޗެމްބަރެއްގެ ހިދުމަތް ދެމުން އައިސްފައިވެ އެވެ. ތިނަދު އަށް ގެންދިޔަ ޗެމްބަރަކީ މީގެ ދެ އަހަރު ކުރިން އެ ރިސޯޓުން ހަދިޔާކޮށްފައިވާ އެއްޗެކެވެ.