އަތްތެރިކަމުގެ މުބާރާތަކާ ވެސް އެކީ އެސްޓީއޯ އިން "ހެއްޔާ މަކިޓާ" ގެ ނަމުގައި ޕްރޮމޯޝަން ފަށައިފި އެވެ.
މާލޭގައި ހުންނަ މަކީޓާ ޝޯ ރޫމްގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށެވެ. އެގޮތުން
ޕްރޮމޯޝަނަށް ހާއްސަ އައިޓަމްތަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މިޕްރޮމޯޝަންގެ ދަށުން އެއް މަސް ދުވަހުގެ މުއްދަތަށް "ހެއްޔާ މަކިޓާ މުބާރާތް 2022"ގެ ނަމުގައި މުބާރާތެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
"ހެއްޔާ މަކިޓާ" މުބާރާތަކީ ޕަވަޓޫލްސް ބޭނުންކޮށްގެން ދިވެހި މަސައްކަތްތެރިންގެ ފަންނުވެރިކަން، ވާދަވެރި މާހައުލެއްގައި އެއް ފުރާޅެއްގެ ދަށުން ދައްކަލާނެމުބާރާތެކެވެ. މުބާރާތުގެ މަގުސަދަކީ ވަޑާމުގެ ދާއިރާއިން ވީހާ ވެސް ގިނަ ފަންނުވެރިން މުޖުތަމުއަށް ނެރެދީ، އެ މީހުންގެ މަސައްކަތްތައް ދައްކައިލެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.
The strongest power tool brand in the Maldives, #Makita starts its biggest promotion of the year with discounts up to 30% on cordless #PowerTools & more activities with chances to win #FREE Makita tools every week! #HeyyaMakita 😃🎉 pic.twitter.com/HyBi7hwFaD
— STO People's Choice (@stopcmv) October 16, 2022
މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ފޯމް ބައިވެރިވުމުގެ ފުރުސަަތު މި މަހުގެ 23 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމުންނާއި އެސްޓީއޯ ވެބްސައިޓުން ޑައުންލޯޑްކުރެވޭ ނެއެވެ. މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށަހެޅުމަށް މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ.
މުބާރާތަށް ހުށަހަޅާ ތަކެތި ހުންނަންވާނީ އެންމެ ކުޑަވެގެން 2-4 ފޫޓު އަދި އެންމެ ބޮޑުވެގެން 4-5 ފޫޓަށެވެ. އަދި ބައިވެރިކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމް ދީނާއި ދިވެހި ސަގާފަތުގެ ތެރެއަށް ނުފެތޭ އެއްޗިއްސަށްވެގެން ނުވާނެ އެވެ.
މުބާރާތުގެ އެއްވަނަ އަށް 50،000ރ. ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް ލިބޭނެ އެވެ. ދެވަނަ އިނާމަކަށް 30،000ރ. ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް ލިބޭއިރު، ތިން ވަނަ އިނާމަކަށް 15،00ރ. ގެ ރުފިޔާގެ ވައުޗަރެއް ލިބޭނެ އެވެ.