އައްޑޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުދޫ ގެއަކުން މަސްތުވާތަކެތި ފެނި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިި އެވެ.
ފުލުހުން ބުނީ މިއަދު ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހުޅުދޫ ގެއެއް ބަލާ ފާސްކުރުމުގެ ތެރެއިން، ރަބަރު ޕެކެޓެއްގައި ބަންދުކޮށްފައިވާ 5.45 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.