"އެމްވީ އެމްޕެރާ ވޮޔޭޖަ" ކިޔާ ސަފާރީއެއް 36 މީހުންނާ އެކީ ދިޔަވާން ފެށުމާ ގުޅިގެން މިހާރު އެ އުޅަނދު ތިލަފުއްޓަށް ވައްދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ސަފާރީގެ ޑައިވިން ދޯނީގައި ކަފުޖަހައިގެން ސަފާރީ ތިލަފުށި ފަޅުތެރެއަށް ވައްދައި، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ އެހީގައި، ސަފާރީގެ ވެރިފަރާތުން ފޯރުކޮށް ދިން ފިލާ ބޭނުންކޮށްގެން އެއިން ލީކުވަމުން ދިޔަތަން ރޭ އިރާކޮޅު ވަނީ ބައްދައިފަ އެވެ.
އެމްއެންޑީއެފުން ބުނީ 22 ޓޫސްޓުންނާއި 14 ފަޅުވެރިންނާ އެކީ ދަތުރުކުރި ސަފާރީ، ކޮއްދިއްޕަރު ރިސޯޓުގެ އިރުދެކުނުން ގާތްގަނޑަކަށް ދެ ނޯޓިކަލް މޭލު އެތެރެއިން ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ އިއްޔެ މެންދުރު ފަހު
3:00 ޖަހަން އުޅެނިކޮށް ކަމަށެވެ.
އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހާބަ ކްރާފްޓް 113" ޑައިވަރުންނާއެކީ އެ ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދޭން ފެށި ކަމަށް ބުންޏެވެ.