ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކިޑްސް ސޭވަ އެކައުންޓް ހުޅުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އިއްޔެ ފެށި މި ޕްރޮމޯޝަން އަންނަ މަހުގެ 16 އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ އިރު އެ މުއްދަތުގެ ތެރޭގައި ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ކަސްޓަމަރުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހުޅުވާ 1500 އެކައުންޓުގެ ތެރެއިން ކޮންމެ އެކައުންޓަކަށް 200ރ. ޖަމާކުރުމާއި ކާޑު ބޭނުންވާ ކަސްޓަމަރުންނަށް ހިލޭ ރީލޯޑް ކުރެވޭ ޕްރީޕެއިޑް ކާޑެއް ދިނުމާއި ޕްރޮމޯޝަން ނިމޭ އިރު، 50 ކަސްޓަމަރަކަށް 2،500ރ. ދިނުން ހިމެނެ އެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި، ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ކަސްޓަމަރުންނަށް ހާއްސަ ކައުންޓަރެއް ހުޅުމާލެ ބްރާންޗާއި ވިލިމާލެ ބްރާންޗާއި އެކައުންޓް އޯޕަނިން ސެންޓަރުގެ އިތުރުން ބީއެމްއެލް އިސްލާމިކް ބްރާންޗް ގައި ވެސް ހުންނާނެއެވެ.
ގައުމީ ބޭންކުން ބުނީ މި ޕްރޮމޯޝަނުގެ ތެރެއިން މި މަހުގެ 29 ވާ ހޮނިހިރު ދުވަހު ކިޑްސް ސޭވާ އެކައުންޓް ހުޅުވުމަށް ހާއްސަކޮށްގެން ބީއެމްއެލް އެކައުންޓް އޯޕަނިން ސެންޓަރާއި ބީއެމްއެލް އިސްލާމިކް ބްރާންޗުން ހިދުމަތް ދޭނެ ކަމަށެވެ.