Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

އޭޝިއަން ކަޕް އޮންނާނީ ގަތަރުގައި

ޗައިނާގައި ބާއްވަން އޮއްވައި ކޮވިޑާ ހެދި އެ ގައުމުން ނުބާއްވަން ނިންމި އަންނަ އަހަރުގެ އޭޝިއަން ކަޕް ގަތަރުގައި ބާއްވަން ނިންމައިފި އެވެ.

އެ ގައުމަކީ މި އަހަރުގެ ވޯލްޑް ކަޕް ވެސް ބާއްވާ ގައުމެވެ. ގަތަރުގައި އެ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ގަ އެވެ. އަންނަ އަހަރުގެ އޭޝިއަން ކަޕް ވެސް އެ ގައުމުގައި ބާއްވަން ނިންމާފައި ވަނީ ޗައިނާ އިން ފުރުސަަތު ދޫކޮށްލުމުން މުބާރާތް ދެން ބާއްވަން ޝައުގުވެރިވާ ގައުމުތަކަށް ފުރުސަތު ހުޅުވައިލުމުން ޖުލައި މަހުގެ ތެރޭގައި ހަތަރު ގައުމުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.

އޭގެ ތެރޭގައި ހިމެނެނީ ގަތަރާއި އޮސްޓްރޭލިއާ އާއި ކޮރެއާގެ އިތުރުން އިންޑޮނީޝިއާ އެވެ.

ވޯލްޑް ކަޕް ގޮތަށް ކޮންމެ ހަތަރު އަހަރަކުން ބާއްވާ އޭޝިއަން ކަޕްގެ އަންނަ އަހަރުގެ މުބާރާތް ގަތަރުގައި ބާއްވަން ނިންމުމަށް ފަހު، 2027 ގެ މުބާރާތަށް މިހާރު ވަނީ އިންޑިއާ އާއި ސައުދީ އަރަބިއްޔާ ޝޯޓްލިސްޓްކޮށްގަ އެވެ.

އެންމެ ފަހުން 2019 ގައި ބޭއްވި އޭޝިއަން ކަޕްގެ ޗެމްޕިއަނަކީ ގަތަރެވެ. އެ މުބާރާތް އޮތީ ޔޫއޭއީގަ އެވެ.