މާދަމާ އިންޑިއާގައި ފަށާ މި އަހަރުގެ "ޑިފެކްސްޕޯ 2022" ގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓަރުގެ އަރިހުގައި ޑިފެންސް މިނިސްޓްރީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންވަ އެވެ.
Hon Minister @MariyaDidi embarks on a visit to India to attend the #DefExpo2022 & the Defence Conclave. pic.twitter.com/0ctiXRlTVN
— Ministry of Defence (@MoDmv) October 17, 2022
"ޑިފެކްސްޕޯ" ކުރިއަށް ދާނީ މާދަމާ އިން ފެށިގެން މި މަހުގެ 22 އާ ހަމަށް އިންޑިއާގެ ގުޖުރާތުގެ ގާންދީނަގަރު އެވެ. މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ މުޅި އަސްކަރީ ދާއިރާ ބައިވެރިވާނެ އެވެ.
"ޑިފެކްސްޕޯ" ގައި އިންޑިއާއާ އެކީ އިންޑިއާގެ ކަނޑުގެ ގައުމުތަކާއި އެފްރިކާ ބައްރުގެ ގައުމުތަކުގެ އަސްކަރިއްޔާގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.