Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ގަން އެއާޕޯޓްގައި ފަސްޓް އެއިޑް ކްލާސްތަކެއް

އައްޑޫ ގަން އެއާޕޯޓްގެ މުވައްޒަފުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ގަން ފަސްޓް އެއިޑް ކުލާސްތަކެއް ނަގައި ދީފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ބާއްވައި އިއްޔެ ނިންމާލި ކުލާސްތަކުގައި އެ އެއާޕޯޓުގެ 16 މުވައްޒަފަކު ބައިވެރިވެފައިވެއެވެ. މި ކުލާސްތަކުގައި ފުރަތަމަ އެހީ ދޭނެ ގޮތާއި، ސީޕީއާރު ދޭނެ ގޮތިގެ އިތުރުން ލޭ މަނާކުރާނެ ގޮތާއި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކާއި ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭ ގޮތުން މުހިންމު މަޢުލޫމާތުތައް ފޯރުކޮށް ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފަސްޓް އެއިޑްގެ ތިއަރީ އާއި އަމަލީ ބައިތައް ވެސް ހިމެނޭހެން ކުރިއަށް ގެންދިޔަކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި މެޑިކުން ގޮތުގައި މަސައްކަތްކުރާ ސިފައިންނެވެ.