Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ގައުމީ ޔުނިވަސިޓީން އިތުރު ޖޮބް ފެސްޓިވަލެއް

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އެމްއެންޔޫ އިން އަންނަ މަހު ޖޮބް ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

އެތަނުން ބުނީ މިއީ ޔުނިވަސިޓީން ގްރެޖްއޭޓްވާ ދަރިވަރުންނާއި އާއްމުންނަށް ވެސް ހުޅުވާލައިގެން ބާއްވާ ޖޮބް ފެސްޓިވަލެއް ކަމަށެވެ. އެ ބާއްވަން ހަމަޖެހިފައި އަންނަ މަހުގެ 9 އާއި 10 ގަ އެވެ. ގައުމީ ޔުނިވަސިޓީން ބުނީ މިއީ މިދިޔަ މެއި މަހު "ފަހި ފުރުސަތު" ގެ ނަމުގައި ބޭއްވި ކުރިން ޖޮބް ފެސްޓިވަލަށް ލިބުނު ތަރުހީބާ ގުޅިގެންވާ ބާއްވާ އެއްޗެއް ކަމަށެވެ.

މި ފަހަރުގެ ޖޮބް ފެސްޓިވަލް މިފަހަރުގެ ފެސްޓިވަލް މާލޭ ކެމްޕަސްގެ އިތުރުން ގައުމީ ޔުނިވަސިޓީގެ އަތޮޅުތަކުގެ ކެމްޕަސްތަކުގައި ވެސް މި ކުރިއަށް ގެންދާނެ އެވެ.

މި ފެސްޓިވަލްގައި ރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދަން މަސައްކަތްކުރާ މީހުން އެއް ތަނަކުން ގުޅުވައި ދޭނެ އެވެ.

އަންނަ މަހު ބާއްބާ ޖޮބް ފެސްޓިވަލުގައި ބައިވެރިވާން ޝައުގުވެރިވާ ކުންފުނިތަކަށް މިހާރު ވަނީ ފެސްޓިވަލުގައި ބައިވެރިވުމަށް މި މަހުގެ 24 އާ ހަމަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.