"މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް-2022" ރައީސް އިބްރާހިމް މުހައްމަދު ޝަރަފްވެރިކޮށް ދެއްވައިފި އެވެ.
މިމުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، މާލޭ ކުޅިވަރު އެކުވެނި، ބެޑްމިންޓަން އިންޑޯ ހޯލުގަ އެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ވަނީ މުބާރާތުގެ ބައެއް މެޗުތައް ބައްލަވާލައްވައިފަ އެވެ.
President @ibusolih attends the opening of the 2022 Maldives International Challenge held at the Malé Sports Complex. The tournament is organised by @BaMdv with sanctions from Badminton Asia and the Badminton World Federation. It features top-ranking players from 25 countries. pic.twitter.com/C1zkvldspH
— The President's Office (@presidencymv) October 18, 2022
މި އަހަރުގެ ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ، "މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022" ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 23 އަށެވެ.
މި މުބާރާތުގައި ދުނިޔޭގެ 25 ގައުމަކުން 200 އަ ށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ބެޑްމިންޓަންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ވެސް ހިމެނެ އެވެ.
މި މުބާރާތަކީ ރާއްޖޭގައި މި އަހަރު ބާއްވާ ހަތް ވަނަ އިންޓަނޭޝަނަލް މުބާރާތެވެ.