ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ހަމަޖެހިފައިވާ ސައުތު ލީގުގެ މައި ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.
އެ ކުންފުންޏާ އެކީ ސްޕޮންސަޝިޕް އެއްބަސްވުމުގައި މިއަދު އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.
އެފްއޭއެމުން މި އަހަރާއި އަންނަ އަހަރުގެ ދިވެހި ޕްރީމިއާ ލީފް ފުޅާކުރާ އިރު، ރާއްޖެ ވަނީ ހަަތަރު ޒޯން ލީގަކަށް ބަހާލައިފަ އެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ އަދި ރ. އަތޮޅެވެ. ޒޯން ދޭއް ނުވަތަ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅެވެ. ޒޯން ތިނެއް ނުވަތަ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޓީމުތަކެވެ.
Happy to announce @stoplc as “title sponsor” of South League 2022-2023.
Thanking MD @HusenAmr for the continuous support extended towards football in Maldives pic.twitter.com/vSPTdNWjzH
— Bassam Adeel Jaleel (@bassam_jaleeI) October 18, 2022
އެމްޓީސީސީ ނޯތު ލީގުގެ ލީގު ކޮލިފިކޭޝަން މެޗުތައް ނިމިފައިވާ އިރު ނޯތު ލީގުގެ ފުރަތަަމަ ޑިވިޝަނުން ޖާގަ ހޯދި ޓީމުތަކަކީ އަލިފުއްޓާއި އުނގޫފާރުގެ އިތުރުން ދެން ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބާއި ކުޅުދުއްފުށީ ޒިގްޒެޒް ފޯ ޔޫތު ލިންކޭޖާއި އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓާއި ޔުނިޓީ ސްޕޯޓްސް އާއި ކެނދިކުޅުދޫ ފުޓްބޯލް ކްލަބް އަދި ޓީމު ހޮޅުދު އެވެ.
މީގެ އިތުރުން ސެންޓްރަލް ލީގުގެ ކ. އަތޮޅުގެ މެޗުތައް ވެސް ވަނީ ނިމިފަ އެވެ. މާލޭގައި ކުޅުނު އެ ގްރޫޕްގެ މެޗުތައް ނިމުނުއިރު، އެއް ވަނަ ހޯދީ ކ. ގުރައިދު އެވެ. އެ ޓީމަށް ވަނީ ފުރަތަމަ ޑިވިޝަނުގެ ވެސް ޖާގަ ލިިބިފަ އެވެ.