ހުއްދަ ނުނަގައި ގަހުގެ ވިޔަފާރި ކުރާތީ މާލެ ސިޓީ ކައުންސިލް 10،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
މާލޭގެ ކާނިވާ ސަރަހައްދުގައި ނާސަރީއަކާ އެކީ ގަސް ވިއްކާ ފިހާރައެއް "މާލެ ފެހި" ގެ ނަމުގައި ހުޅުވީ މި މަހުގެ 8 ވަނަ ދުވަހުގެ ރެ އެވެ. މިކަމާ ގުޅިގެން ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައި ވަނިކޮށް މާލެ ކައުންސިލުން ގަސް ވިއްކުމުގެ ވިޔަފާރި ކުރަނީ ހުއްދަ ނުނަގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
"މާލެ ފެހި" ނަމުގައި ކާނިވާ ސަރަހައްދުގައި މާލެ ސިޓީ ކައުންސިލުން ހުޅުވި އައުޓްލެޓް މާލެ ސިޓީގެ މޭޔާރ ޑރ.މުޙައްމަދު މުޢިއްޒު އާއި ކައުންސިލަރުން ބައްލަވާލެއްވުން pic.twitter.com/IQVkEYXIKK
— Male' City Council (@MaleCitymv) October 8, 2022
އެ މިނިސްޓްރީން ބުނީ ކައުންސިލަށް ވިޔަފާރިކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކަމަށާއި ނަމަވެސް ވެރި ރަށުގެ ކައުންސިލުން ގަހާއި ގަސްކާނާގެ ވިޔަފާރި ފެށީ އެފަދަ އެއްވެސް އުސޫލަކާ ނުލައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެހެންވެ ކައުންސިލް 10،000ރ. ޖޫރިމަނާކޮށް އެކަމުގެ ޗިޓް ވަނީ ފޮނުވައިފަ އެވެ.
މިކަމާ ގުޅިގެން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އިކޮނޮމިކް މިނިސްޓްރީން ކައުންސިލަށް ޖޫރިމަނާގެ ޗިޓް ފޮނުވާފައިވާ ކަމަށާއި އެކަމަކީ ސަރުކާރުން ހިންގި ޒިންމާދާރުކަން ކުޑަ އަދި ސިޔާސީ ކަމެއް ކަމަށެވެ.