ކުރިން ވެސް މާލޭގެ އިސްލާމީ މަރުކަޒުގައި ހުކުރު ކުރައްވާފައިވާ މުފްްތީ މެންކް މި މަހުގެ 28 ގައި ވެސް އެ މިސްކިތުގައި ހުކުރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއީ އިސްލާމިކް މިނިސްޓަރުގެ ދައުވަތަކަށް ދަރުސް ޓުއާއަކަށް ޒިންބާބުވޭގެ ދީނީ އިލްމުވެރިޔާ ރާއްޖެ އަށް ކުރައްވާ ދަތުރުގެ ތެރެއިން މި ފަހަރު އެންމެ ފުރަތަމަ ހާއްސަ ކަމަކަށް ހަމަޖެހިފައިވާ ކަންތައް ކަމަށް މިނިސްޓްރީން ބުންޏެވެ. މި މަހުގެ 28 ގައި މުފްތީ މެންކް ދަރުސް ދެއްވާނީ "ﷲ އާ އޮންނަ ގުޅުން ބަދަހިކުރަމާ" މި މައުޟޫއަށެވެ.
Iraadha kurehvihyaa 28 October 2022 vaa Hukuru dhuvahu, Islaamee Marukazugai imaamuve hukuru kuravvaanee Mufti Menk.
Khuthuba ge mauloo akee,
"Revive your connection with Allah."#MuftiMenkMV2022 pic.twitter.com/8YKmCPLUJQ— Ahmed Zahir Ali (@AhmedZahirAli) October 18, 2022
މުފްތީ މެންކް ރާއްޖެ އަށް މި ފަހަރު ކުރައްވާ ދަތުރުގައި މި މަހުގެ 28-31 އަށް ދަރުސްތަކެއް ދެއްވާނެ އެވެ. އެއީ މާލެ އާއި ހުޅުމާލެ އާއި ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީތައް ކަމަށްވާ ފުވައްމުލަކާއި އައްޑޫގަ އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ދަރުސް ބާއްވަން ހަމަޖެހިފައިވާ ތަންތަނާއި ބާއްވާ ގަޑިތައް ވެސް އިއުލާންކޮށްފަ އެވެ.
Mufti Menk will be Touring Maldives this October.
#muftimenkmv2022 pic.twitter.com/xXr5C1VZUn— Ministry of Islamic Affairs (@MVIaffairs) October 16, 2022
މުފްތީ މެންކް އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ 2020 ގަ އެވެ. އަދި އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ 2015 ގަ އެވެ.