Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ޑްރަގާ އެކީ ފޭދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކީ ފޭދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިއްޔެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފޭދޫން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ އަތުން ވަނީ މަސްތުވާތަކެތި އަަޅާފައިވާ ޕެކެޓެއް ވެސް ފެނިފައިވާ ކަމަށް ބުންޏެވެ.

މި މިމައްސަލަ މިހާރު ގަން ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ މަޢުލޫމާތު ހިއްސާކޮށްދޭން ވެސް ފުލުހުން އެދިފައިވެ އެވެ.