Last Updated: July 23, 10:04
Thursday, July 23, 2026
ދުނިޔެ

ކާރެއް ކޮންޓްރޯލް ނުވެ ފާހާނާއެއްގެ ތެރެއަަށް

ކާރެއް ކޮންޓްރޯލް ނުވެ ޖަޕާނުގައި 15 ގަރުނުގެ ތެރޭގައި އިމާރާތްކޮށްފައިވާ ފައްޅިއެއްގެ ޒަމާންވީ ފާހާނާއެއްގެ ތެރެއަށް ވަދެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މިޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގެއްލުންވި ކިއޯޓޯގެ ތޮފުކްޖީގައި ހުރި މިތަނަކީ އެ ގައުމުގައި ހުރި އެންމެ ދުވަސްވީ ފާހާނާ އެވެ. ކާރެއް އެތަނުގެ މައި ދޮރު ފަޅާލައި ތެރެއަށް ވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނި އިރު، އެތަނަކީ ގަދީމީ އާސާރީ ތަނަކަށްވާތީ ވަރަށް ރަނގަޅަށް ބަލަހައްޓަމުން ވެސް އަންނަ ތަނެކެވެ.

ބުދިސްޓް ފައްޅީގެ ފާހާނާތެރެއަށް ވަން ކާރު ދުއްވަން އިނީ ޖަޕާނުގެ އާސާރީ ތަންތަން ބަލެެއްގުމުގެ މަސައްކަތް ކުރާ މީހެކެވެ. ނަން ހާމަނުކުރާ އެ ފިރިހެން މީހާ އަކީ އެ ގައުމުގެ ކިއޯޓޯ ހެރިޓޭޖްގައި މަސައްކަތްކުރާ މީހެކެވެ. އޭމަ ދުއްވި ކާރު ފައްޅީގެ ފާހާނާގެ ތެރެއަށް ވަން ހާދިސާއާ ގުޅިގެން އަމިއްލަ އަށް ގުޅައި ފުލުހުންނަށް އެކަން ރިޕޯޓް ވެސް ކުރި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ޖަޕާނުގެ ޓޮފުކްޖީ ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ތޮޝިއޯ އިޝަކާވާ ވިދާޅުވީ ފައްޅީގެ ފާހާނާ އަށް ލިބުނު ގެއްލުން ވަރަށް ބޮޑު ކަމަށާއި އެތަން ކުރިން ހުރި ގޮތަށް މަރާމާތުރުމަށް ބޮޑު މަސައްކަތެއް ކުރަން ޖެގޭނެ ކަމަށެވެ.