Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ރައީސް ސޯލިހު ގޮތަށް ޕާޓޭއަކު ވެސް ވެރިކަންކޮށްފާނެ

ރާއްޖޭގެ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވާ ގޮތަށް ޕާޓޭއަކު ވެސް ވެރިކަންކޮށްފާނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރައީސަށް ފާޑު ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދާ ގޮތުން ރާއްޖެ އަށް ވެރިޔަކު ނުދޭ ވަރުގެ ގެއްލުމެއް ރައީސް ސޯލިހު ދެއްވާނެ ކަމަށެވެ.

"ކުންފުނިތައް ބަނގުރޫޓްވެއްޖެ. ޚަރަދު އަދިވެސް މައްޗަށް. މަގާމުތައް އިތުރު ވަނީ. މަޖިލިސް ދިނީ ވަޢުދު ފުއްދަން. ރައްޔިތުންނަށް ތަކުލީފު ކުރާކަށް ނޫން،" ޖަމީލު ވިދާޅުވި އެވެ. "ރައީސް ސޯލިހު ގޮތަށް މަގުމަތީގައި އުޅޭ ޕާޓޭ އަކު ވެސް ވެރިކަން ކުރާނެ."

ޖަމީލަކީ މި ސަރުކާރާއި ރައީސް ސޯލިހަށް ތަކުރާރުކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.