އައްޑޫ ސިޓީ ކައުންސިލުން މި މަހު ފަށަން ނިންމާފައިވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ތެރޭގައި ދެ ކެންޓީނު ހިންގަން ނިންމައި، އެކަން ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މި މަހުގެ 29 ގައި އައްޑޫ ސްޓޭޑިއަމްގައި ފަށަން ހަމަޖެހިފައިވާ މުބާރާތުގައި ދެ ކެންޓީން ހިންގަން ނިންމާފައިވާތީ އެންމެ މަތީ އަގު ހުށަހަޅާ ދެ ފަރާތަކަށް ކެންޓީން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން ޝައުގުވެތިރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ކައުންސިލް އިދާރާގެ ނަމްބަރު 6885003 އިން ލިބޭނެ އެވެ.
"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ އިރު، މުބާރާތުގައި ހަ ޓީމަކުން ވާދަކުރާނެ އެވެ.