ފ. މަގޫދޫގައި އަޅާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިްވސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއަށް ހަވާލުކޮށްފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މަގޫދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫއުއަކީ 231.54 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 1500 މީޓަރ ދިގު 30 މީޓަރ ފުޅާ ރަންބޭއެއް ހެދުމާއި، ޕަސެންޖަރ ޓާރމިނަލް އިމާރާތެއް ހެދުމާއި، ފަޔަރ ސްޓޭޝަން ހެދުމާއި، ސަލާމަތީ ވަސީލަތްތައް ގާއިމު ކުރުމާއި، ނެވިގޭޝަން އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ އިތުރުން މެޓް އިކްއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން އަދި ގްރައުންޑް ހޭންޑްލިންގ އިކްއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުން ހިމެނެއެވެ.