Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ނަރުހުންގެ ބޯޑެއް އޭއީއެޗްގައި އެކުލަވާލައިފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ނަރުހުންގެ ބޯޑެއް އެކުލަވާލައިފި އެވެ.

އޭއީއެޗްގައި އެކުލަވާލި ނަރުހުންގެ ބޯޑަށް އެކި ފަރާތްތައް ހަމަޖައްސާފައިވާ އިރު، މިއީ ރާއްޖޭގެ ހޮސްޕިޓަލެއްގައި މިފަދަ ބޯޑެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

އޭއީއެޗްގެ ނަރުހުންގެ ބޯޑު:

* ޑިރެކްޓާ އޮފް ނާސިން: ސޯފިޔާ އަބްދުﷲ
* ޑެޕިއުޓީ ޑިރެކްޓާ އޮފް ނާސިން: ފަރްހާނާ ހުސްނީ
* އެސޯސިއޭޓް ޑިރެކްޓާ: މަރިޔަމް ހައުލަތް މުހައްމަދު – (ކޮލިޓީ މެޝާމެންޓް އެންޑް ރިޕޯޓިން)
* އެސޯސިއޭޓް ޑިރެކްޓާ: ފަރިއްޔަތު މުހައްމަދު – (ނާސިން ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް)
* އެސޯސިއޭޓް ޑިރެކްޓާ: މަރިޔަމް ޒުލްފާ – (ނާސިން ޕްރެކްޓިސް)
* އެސޯސިއޭޓް ޑިރެކްޓާ: މާހްތާބް ނިޒާރު – (ނާސިން އެކެޑެމިކް އެކްޓިވިޓީސް)

ޓާޝަރީ ފެންވަރަށް ތަރައްގީކޮށްފައިވާ އޭއީއެޗަކީ ޖެނުއަރީ 15، 2020 އިން ފެށިގެން ހިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ. އަދި މިއީ އަތޮޅު ތެރޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް ވެސް މެ އެވެ.