Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އޮސްޓްރިއަން އެއާލައިންސް ރާއްޖެ އަށް

އޮސްޓްރިއަން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށައިފި އެވެ.

ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް އޮސްޓްރިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް އަންގާރަ ދުވަހު ފެށީ އޮސްޓްރިއާގެ ވެރިރަށް ވިއެނާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދު ދެމެދުއެވެ. އޮސްޓްރިއަން އެއާލައިންގެ ދަތުރުތައް ހަފުތާއަކު ތިން ދުވަހު ބާއްވަން ހަމަޖެހިފައިވެ އެވެ.

އޮސްޓްރީ އަކީ ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުން މިހާރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ގައުމެކެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ރެކޯޑްތައް މިދިޔަ މަހުގެ ނިޔަލަށް އޮސްޓްރިއާ އިން 17،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ކޮވިޑް-19 ގެ ފަހުން ރާއްޖޭގެ ޓޫރިޒަމް އަލުން ކުރީގެ ހާލަތަށް ވަރަށް ބޮޑަށް ރުޖޫއަވެފައިވާ އިރު، ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެ އަށް އަންނަ އެއާލައިންތައް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. މީގެ ތެރޭގައި ކޮވިޑާ ވިދިގެން ދަތުރުތައް މެދުކަނޑާލި އެއާލައިންތަކާއި މުޅި އަލަށް ދަތުރުތައް ފަށާ އެއާލައިންތައް ވެސް ހިމެނެ އެވެ.