Last Updated: July 23, 10:04
Thursday, July 23, 2026
ދުނިޔެ

ލަންކާ އިން ޓެކްސް ބޮޑުކުރަނީ

ޓެކްސްތައް ބޮޑުކުރުން ނޫން ގޮތެއް މިހާރު ނެތް ކަމަށާއި އެކަން ކުރަން ނިންމާފައިވާ ކަމަށް ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ގައުމާ މުހާތަބު ކުރައްވައި އިއްޔެ ދެއްވި ހިތޯބެއްގައި ރަނިލް ވިދާޅުވީ ލަންކާ އަށް ދިމާވެފައިވާ މާލީ އަދި އިގުތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި އިންޓަނޭޝަން މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ތަންތަނުން ދޭ ލަފާތަކާއި އެފަދަ ޖަމާއަތްތަކުން އެހީ ހޯދުމަށް މަގުފަހިކުރުމަށްޓަކައި ލަންކާ އިން ޓެކްސްތައް ބޮޑުކުރަން ޖެހޭ ކަމަށެވެ.

ރަނިލް ވިދާޅުވީ ގައުމުގެ ދަރަނި އަލުން ރިސްޓްރަކްޗްކުރުމާއި އިގުތިސާދު ހަމައަކަށް އަޅުވައި، ދިމާވެފައި އޮތް ދަތިތަކުން އަރައިގަތުމަށްޓަކައި ލަންކާ އަށް ކާމިޔާބު ފިޔަވަޅުތަކެއް މި ވަގުތު ވަރަށް މުހިއްމު ކަމަށެވެ. އެހެންވެ އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ޓެކްސްތައް ބޮޑުކުރުން ކަމަށް ވިދާޅުވި އެވެ.

"ގައުމަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ނުހޯދައި، އިގުތިސާދު ހަމައަކަށް ނޭޅުވޭނެ،" ޖުލައި މަހު ރައީސް ކަމަށް ވަޑައިގެންނެވި ކުރީގެ ބޮޑުވަޒީރު ވިދާޅުވި އެވެ. "ކުރަން ދަތި، އަޅަން އުނދަގޫ ފިޔަވަޅުތަކެއް ހުއްޓަސް އަހަރެމެން އެބަޖެހޭ މިހާރު އެ ކަންކަން ކުރަން. ގައުމު އަލުން ބިނާކުރުމަށްޓަކައި އެބަޖެހޭ ގުރުބާނީތަކެއްވާން."

ބާވީސް މިލިއަން މީހުންގެ އާބާދީއެއް އޮތް ލަންކާ އަށް ފާއުތުވި 70 އަހަރުގެ ތެރޭގައި ދިމާނުވާ ފަދަ ބޮޑު ތަދުމަޑުމަޑުކަމަކާ މި އަހަރުގެ ކުރީކޮޅުން ފެށިގެން ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން ގައުމުގައި ބޭރު ފައިސާގެ ރިޒާވެއް ނެތުން ފަދަ ކަންކަމާ ހެދި ދަރަނި ދެއްކުން ފަދަ އެތައް މައްސަލަތަކަކާ ލަންކާ އަށް ކުރިމަތިލާން ޖެހިފައިވެ އެވެ.

މިފަދަ ކަންކަމާ ހެދި އައިއެމްއެފާއި ވޯލްޑް ބޭންކް ފަދަ ތަންތަނުން ލަންކާ އަށް މާލީ އެހީ ފޯރުކޮށް ދިނުމުގައި މިހާރު ބޮޑެތި ރިޒަވޭޝަންތަކެއް އެބަހުއްޓެވެ.