އަންނަ މަހުގެ 20 ގައި ގަތަރުގައި ފަށާ މި އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަޓަކައި ޕީއެސްއެމުން މީޑިއާނެޓާއެކީ ސޮއިކޮށްފި އެވެ.
ދެ ކުންފުނީގެ މެދުގައި އެއްބަސްވުމުފައި ސޮއިކުރަން އިއްޔެ ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދެވެ. މީޑިއާނެޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ/އެމްޑީ އަހުމަދު ޝަފީއު އެވެ.
ހާލިދު ވިދާޅުވީ ވޯލްޑް ކަޕް ދެއްކުމަށް ވާން ޖެހޭ ތައްޔާރީތައް ޕީއެސްއެމުން މިހާރު ވަމުން ވަކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ.
ވޯލްޑް ކަޕްގެ މެޗްތައް ގެނެސްދޭން މީޑިއާ ނެޓުން ކުރިން ވަނީ ރާއްޖެ ޓީވީ އައިސް ޓީވީއާ އެކީ އެއްވެސް އެއްބަސްވުން ހަދައިފަ އެވެ.
ވޯލްޑް ކަޕް ކުރިއަށް ދާނީ އަންނަ މަހުގެ 20 އިން ޑިސެމްބަރު މަހުގެ 18 އާ ހަމައަށެވެ.