Last Updated: April 18, 10:36
Thursday, April 18, 2024
ޚަބަރު

ހުޅުމީދޫ ސިއްހީ މަރުކަޒުގައި ފިޒިއޮތެރަޕީ ފަށަނީ

އައްޑޫ ހުޅުމީދޫ ސިއްހީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ހިދުމަތް ފަށަން ނިންމައި އެކަމުގެ ތައްޔާރީތައްވާން ފަށައިފި އެވެ.

މިކަމާ ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) އިން ބުނީ ހުޅުމީދޫ ސިއްހީ މަރުކަޒުގެ އިތުރުން މަރަދޫފޭދޫގައި ހުންނަދަން ޗައިލްޑް ޑިވަލޮޕްމެންޓް ސެންޓަރުގައި ވެސް ފިޒިއޮތެރަޕީގެ ހިދުމަަތް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ އިކްޕްމަންޓްތައް ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އޭއީއެޗުން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ފަރާތްތަކަށް މި މަހުގެ 27 އާ ހަމައަށް ވަނީ ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލައިފަ އެވެ. މި އީމެއިލް މެދުވެރުކޮށް ރަޖިސްޓްރީވެވޭނެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ ހަމަ މި މެއިލް މެދުވެރިކޮށް މި މަހުގެ 30 ގެ މެންދުރު ފަހު 1:00 ގެ ކުރިން އެކަމެއް ސާފުކުރަން ހުށަހަޅަން ޖެހެ އެވެ.

އޭއީއެޗުން ބުނީ ބީލަމަށް ރަޖިސްޓްރީނުވާ ފަރާތްތަކާއި ބީލަން ހުށަޅަން އޮތް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ބީލަންތައް ބަލައި ނުގަންނާނެ ކަމަށެވެ.