އިސްލާމުންގެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނީޝިއާގެ ބިޔަ އިސްލާމީ މަރުކަޒުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
ޖަކާޓާގެ ކޯޖާގައި ހުރި މިސްކިތުގެ މި ހާދިސާއާ ގުޅިގެން އެތަނުގެ ގުއްބު ވެސް ވެއްޓިފައިވެ އެވެ. މި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
Mosque dome in Jakarta collapses in fire
According to local media reports, it was the #Jakarta Islamic Center in Koja. pic.twitter.com/ItptlxfOgg
— Nguyen Ken (@NguyenK68421403) October 19, 2022
ނަމަވެސް އިއްޔެ މެންދުރު ފަހު 3:00 އެހާކަށްހާ އިރު މިސްކިތުގައި އަލިފާން ރޯވީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އިސްލާމީ މަރުކަޒުގައި ރޯވި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. އެތަނަކީ ނަމާދުކުރުމުގެ އިތުރަށް ތައުލީމާއި ވިޔަފާރި އަދި ރިސާޗް ފެސިލިޓީއެއްގެ ގޮތުގައި ވެސް ބޭނުންކުރާ ތަނެކެވެ.

މީގެ 20 އަހަރު ކުރިން 2002 ގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް މި އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ގުއްބުގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.