Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ހަމަޖެއްސި ނޫން ކޯޓަށް ނުކުތުމުން ސަސްޕެންޑް!

މަސައްކަތްކުރައްވަން ހަމަޖެއްސި ކޯޓު ނޫން އެހެން ކޯޓަކަށް ނިކުތުމުން ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރު ސަސްޕެންޑްކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ބުނީ ބުނީ އޭނާ އައްޔަންކުރި ކޯޓަށް ގަވާއިދުން ނުކުތުމުގެ ބަދަލުގައި ނުކުންނަމުން ގޮސްފައި ވަނީ ހަވާލުކުރެވިފައިވާ ބ. ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށްކަން ކަމާބެހޭ ލިޔެކިއުންތަކުންނާއި ނިޝާރުގެ އިއުތިރާފުން ވެސް ސާބިތުވާ ކަމަށެވެ.

އަދި އޭނާ އަމަލުކޮށްފައި ވަނީ ހަވާލުކުރެވިުނު ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާ ގުޅޭ ގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށާއި މި އެމަލަކީ ފަނޑިޔާރުންގެ ޤާނޫނާއި ސުލޫކީ މިންގަނޑާ ވެސް ޚިލާފު ކަމެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

އެހެންވެ މިހާތު މުސާރަ އާއި އިނާޔަތް ވެސް ނުލިބޭ ގޮތަށް ނިޝާރު ވަޒީފާގެ މަސައްކަތަށް ދެ ހަފުތާ އަށް ސަސްޕެންޑްކުރަން އިއްޔެ ނިންމީ އެކޮމިޝަންގެ 73 ޖަލްސާގައި ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.