އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނެރޭ ވިިޕާ މެމްބަރުން ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޕީޖީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަށް ތާއީދުކޮށް ވޯޓް ދޭން ޕީޖީ ގްރޫޕުން މިދިޔަ އަންގާރަ ދުވަހު ނެރުނު ތުރީ ލައިނާ ވިޕާ އެއްގޮތަށް ވޯޓް ނުދެއްވާނެ ކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެފައި ވަނިކޮށެވެ.
Hama Alhunvanve ….!! MDP enmehaa beyfulunhah maafah edhen alhugandu Tax 3 line viper hilaafuvaane. Tax ithuru kurumah alhugandu thaaeedh eh nukuran mifadha naazuku dhandivalhehgai 🙏 https://t.co/nLZ2WM7YA2
— Mohamed Rasheed (@boadhigu) October 19, 2022
އަސްލަމް ވިދާޅުވީ ޕީޖީ ގްރޫޕްގެ ބައްދަލުވުންތަކަށް ހާޒިނުވުމާއި ވިޕާ ހިލާފަށް މެމްބަރުން އަމަލުކުރައްވާ ނަމަ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި ޕީޖީ ގްރޫޕުން ނިންމާ ކޮންމެ ނިންމުމަކީ ވެސް މަޝްވަރާގެ މަތީން ނިންމާ ނިންމުންތަކެއް ކަމަށެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ޕީޖީ ގްރޫޕްްގައި އަބަދު ވެސް މެމްބަރުންނަށް އެ ބޭފުޅުންގެ ހިޔާލުތައް ހުށަހަޅުއްވައި މަޝްވަރާކުރެއްވުމުގެ ފަހިވެފައިވެ އެވެ. އަދި އެ ފުރުސަރު ނެތް ކަމަށް ވިދާޅުވާ ނަމަ އެއީ ހަގީގަތެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާލިމަންޓްރީ ގްރޫޕުން ކަންކަން ނިންމަނީ ކޮންމެހެން ވަކި ކަމެއް ވަކިގޮތަށް ނިންމުމަކަށް ނޫން ކަމަށެވެ. އެހެންވެ ޕާޓީން ނެރޭ ވިޕް ލައިނާ ހިލާފުވުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ޕާޓީން ނެރޭ ޓޫ/ތުރީ ވިޕް ލައިނާ ހިލާފުވާ ނަމަ އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތޮން މަޝްވަރާކޮށް އިތުރު ބަދަލުތަކެއް ގެނައުމަށް ވެސް ނިންމާފައިވާ ކަމަށެވެ.