ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް 20 ސެކިއުރިޓީ ގާޑުން ހޯދަން އިއުލާނު ކޮށްފި އެވެ.
ވެމްކޯ އިން ބުނީ ބުނި ގޮތުގައި އެ ވަޒީފާގެ މުސާރައަކީ 8،000 ރުފިޔާ އާއި 10،000 ރުފިޔާގެ އަދަދެއް ކަމަށެވެ.
ވަޒީފާއަށް އެދޭ މީހުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރީން ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. ފޯމް ހުށަހަޅާނީ ވެމްކޯގެ މައި އޮފީހަށެވެ.
މި ވަޒީފާގެ ޝަރުތަކީ ދިވެހި ރައްޔިތަކަށް ވުމާއި، މަޤާމާއި ގުޅޭ ދާއިރާއެއްގެ ތައުލީމް، ތަޖުރިބާ އަދި ތަމްރީން ލިބިފައިވާ ފަރާތަކަށް ވުމާއި، އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުމުގެ އިތުރުން
މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ،