Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މިރޭ ދަންވަރު ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫ އަރާފާނެ

ބީއެމްއެލް ބައެއް ހިދުމަތްތަކަށް މިރޭ ދަންވަރުގެ ވަކި ގަޑިތަކެއްގައި ބުރޫ އަރާފާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މިރޭ ދަންވަރު 1:30 – 5:30އާ ދެމެދު ޑިޒާސްޓާ ރިކަވަރީ ޑްރިލްއެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ މި ވަގުތުތަކުގައި ބޭންކުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށެވެ.

އެގޮތުން އިންޓަނެޓް ބޭންކިން އާއި ބީއެމްއެލްގެ ވެބްސައިޓް، ޕީއޯއެސް މެޝިން، އޭޓީއެމް، ޕޭމަންޓް ގޭޓްވޭ އަދި ޔޫއެސްޑީ ބުކިން ޕޯޓަލް އެވަގުތު ތަކުގައި ބޭނުން ކުރުމުގައި ބުރޫ އަރާފާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ އެވަގުތުތައް ކަނޑައަޅާފައި ވަނީ ކަސްޓަމަރުންނަށް އުނދަގޫވުން ކުޑަކުރުމަށްޓަކައި ކަމަށެވެ. އަދި ހިދުމަތަށް ބުރޫ އަރާތީ ބީއެމްއެލް އިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.