Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

"ސީޕީ ކަޕް" ފުޓްބޯޅަ މުބާރާތް މިރޭ ފަށަނީ

ފުލުހުންގެ އެކި ބަހާތަކަށް އަމާޒުކޮށްގެން ފުލުހުންގެ ތެރޭގައި ބާއްވާ އެންމެ ޝަރުފްވެރި އެއް މުބާރާތެއް ކަމަށްވާ ޕޮލިސް ކޮމިޝަނަރުގެ ވާދައިގެ ތައްޓަށް ކުޅެވޭ "ސީޕީ ކަޕް" މިރޭ ފަށަން ނިންމައިފި އެވެ.

މުބާރާތުގެ ފަށައި ދޭނީ ހުޅުމާލެ ޕޮލިހާއި އާއި އައިޑީ ކުލަބް (އިންޓެލިޖެންސް ޑައިރެކްޓްރޭޓް) އެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:30 ގައެ ވެ.

"ސީޕީ ކަޕް" ފުޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ކުރިއަށްދާ ދެ ޑިވިޝަނަކެވެ. އެއީ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޘަނެވެ. ފިރިހެން ޑިވިޝަންގައި ފުލުހުންގެ އެކި ބަހާތަކުން ޖުމްލަ 17 ޓީމަކުން ބައިވެރިވެފައިވެ އެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގައި 9 ޓީމަކުން ބައިވެރިވެފައިވާ އިރު ފުރަތަމަ ޑިވިޝަންގެ ކުޅުން ކުރިއަށް ދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެވަނަ ޑިވިޝަންގައި 8 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ޑިވިޝަންގެ ކުޅުން ވެސް ކުރިއަށް ދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތުގެ ކުޅުން ކުރިއަށް ދާނީ އެފްއޭއެމް ޓާފް ދަނޑުގަ އެވެ.

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ މިރޭ ފަށާއިރު އަންހެން ޑިވިޝަނަށް އަމާޒުކޮށްގެން ބާއްވާ ސީޕީ ފުޓްސަލް މުބާރާތް މި މަހުގެ 23 ވަނަ ދުވަހު ފަށަން ހަމަޖެހިފައެވެ.

އަންހެން ޑިވިޗަންގައި ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވެ އެވެ. މި މުބާރާތުގެ ކުޅުން ކުރިއަށް ދާނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ފައިނަލަށް ދާ ގޮތަށެވެ. އަދި ފައިނަލުގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައަޅާނީ ދެވަނަ ޓީމާއި ތިން ވަނަ ޓީމާ ދެމެދު ކުޅެވޭ ސެމީ ފައިނަލް މެޗުންނެވެ.