Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޔާމީން ދެން ވަޑައިގަންނަވާނީ ނ. އަތޮޅަށް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް މިހާރު ވެސް ކެމްޕޭން ފައްޓަވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ ހަފުތާގައި ނ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ މަނިކުފާނުގެ ޕާޓީ ޕީޕީއުން ބުނީ އެ ޕާޓީ އާއި ކޯލިޝަން ބައިވެރިޔާ ޕީއެންސީއާ އެކީ. އަތޮޅަށް ކުރާ ދަތުރު ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 25 ގައި ކަމަށެވެ. އެގޮތުން އެ އަތޮޅަށް ކުރައްވާ ދަތުރުގައި ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ސިޔާސީ އެކި ހަރަކާތްތައް ހިންގަވާނެ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި ޔާމީން އަންނަ މަހުގެ ތެރޭގައި އައްޑު އަށް ވެސް ވަޑައިގަންނަވާނެ އެވެ. އަދި އެ ދަތުރުގެ ތާރީހު ފަހުން އިއުލާން ކުރާނެ އެވެ.

ޔާމީން އެންމެ ފަހުން ވަޑައިގެންނެވީ ހއ. އަތޮޅަށެވެ.