އައްޑޫ ސިޓީ ކައުންސިލުން މި މަހުގެ 29 ގައި ފަށަން ނިންމާފައިވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" މުބާރާތް ހުޅުވާ މެޗްގައި އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ ސްޕޯޓްސް އާއި ކުލަބް ލޮތާރި ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މުބާރާތުގައި ހަތް ޓީމް ވާދަކުރާ އިރު، ރޭ ވަނީ ޓީމްތަކުގެ މެދުގައި ގަމުގައި ބޭއްވި ހަފުލާއެއްގައި ގުރުލުން ވެސް ބާއްވައިފަ އެވެ. އަދި މުބާރާތުގެ ޕާޓަނަރުންނާއި ސްޕޮންސަރުންނާ އެކީ ކައުންސިލުން ސޮއި ވެސްކޮށްފައިވެ އެވެ. މުބާރާތުގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ. މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.
މި މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ ފޭދޫ ސްޕޯޓްސް އާއި ކުލަބް ލޮތާރި އާއި ފޭދޫ ބޭރު މައްޗާއި މަރަދޫ އެފްސީ އާއި މެދުވަލު އެފްސީ އާއި ފާހި އެފްސީގެ އިތުރުން މަރަދޫފޭދޫ އެފްސީ އަފިރިން އެވެ.
ޓީމްތައް ދެ ގްރޫޕަކަށް ބަހާލާފައިވާ އިރު ގްރޫޕް އޭގައި ހިމެނެނީ ފޭދޫ ސްޕޯޓްސް އާއި އެފްސީ ބޭރުމަތީގެ އިތުރުން ލޮތާރި އެވެ. ބީ ގްރޫޕްގެ ޓީމްތަކަކީ މަރަދޫ އެފްސީ އާއި މެދުވަލު އެފްސީ އާއި ފާހި އެފްސީގެ އިތުރުން މަރަދޫފޭދޫ އެފްސީ އަފިރިން އެވެ.

އައްޑޫ ސްޓޭޑިއަމްގައި ބާއްވަން ނިންމާފައިވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 29 ގެ ހަވީރު 4:00 ގަ އެވެ. މުބާރާތް ކުރިއަށް ދާނީ މި އަންނަ މަހުގެ 15 އާ ހަމައަށެވެ.
މި މުބާރާތުގެ ޗެމްޕިއަންޓީމަށް 50،000ރ. ހުށަހަޅާފައިވާ އިރު، ރަނައަޕް ޓީމަށް 25،000ރ. ލިބޭނެ އެވެ.
"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" އަކީ ކައުންސިލުން 2019 ގައި ބާއްވަން ފެށި މުބާރާތެކެވެ.