Last Updated: June 29, 19:00
Monday, June 29, 2026
ސިޔާސީ

ނިހާދް ހުށަހެޅި މައްސަލަ ބަލައި ނުގަތް!

ނިހާދު ރައީސް ނަޝީދު އާއި އެކު، . ފޮޓޯ: ނިހާދު ޕޭޖް

ރައްޔިތުންގެ މަޖިލިސްގެ ފޭދޫ ދާއިރާގެ އިންތިހާބް ބާޠިލް ކުރުމަށް އެދި އެދާއިރާއިން ނާކާމިޔާބްވި އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ނިހާދު ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައި ނުގަތުމަށް ނިންމައިފިއެވެ.

ހައި ކޯޓުން މިއަދު ބުނީ ފޭދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނިހާދު ހުށަހެޅުއްވި މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހައިކޯޓުން ނުބުނެ އެވެ.

ކޯޓުން ވަނީ އިތުރު ދެ ދާއިރާއެއްގެ މައްސަލަވެސް ކޯޓުން ބަލައި ނުގަތުމަށް ނިންމާފައެވެ.

ނިހާދު "އައްޑޫލައިވް"އަށް ވިދާޅުވީ މައްސަލަ ހައިކޯޓުން ބަލައިގަތް ކަމުގެ ޗިޓްވެސް ހަވާލުކޮށްފައިވާކަމަށެވެ.

ފޭދޫ ދާއިރާގެ އިންތިހާބް ބާޠިލް ކުރުމަށް އެދި ނިހާދު ހުށަހަޅާފައިވަނީ ނުފޫޒު ފޯރުވުމާއި، ރިޝްވަތުދީގެން ވޯޓު އަޅުވާފައިވާ މައްސަލާއި ގުޅިގެންނެވެ. މި ދާއިރާގެ އިންތިހާބް ކާމިޔާބް ކޮށްފައިވަނީ ޕީޕީއެމް ކެންޑިޑޭޓް އިބްރާހިމް ދީދީ (އައިބީ)އެވެ.