ފާއިތުވި އަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ އަށް އިތުރުވީ 16,897 ދިވެހިންނާއި 33,527 ބިދޭސީން ކަމަށް މި އަހަރުގެ ބޯހިމެނުމަށް މިހާތަނަށް އެއްކުރި ނަތީޖާ އިން ދައްކައިފި އެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން މިދިޔަ ބުރާސްދަތި ދުވަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ ނަތީޖާ އަށް ބަލާ އިރު އޭރު ދިވެހިންގެ އާބާދީ އަކީ 338،434 ދިވެހިންނެވެ. އެ އަދަދު މިހާރު ވަނީ 355،331 އަށް އަރައިފަ އެވެ. އޭރު ބިދޭސީީންގެ ޖުމުލަ އަދަދަކީ އޭރު 63،637 ނަމަވެސް މިހާރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 97،164 އަށް އަރަ އެވެ.
ޤައުމީ ތަފާސްހިސާބުގެ ދުވަސް 2022:
20 އޮކްޓޫބަރުގެ ނިޔަލަށް ގުނުނު އާބާދީ، ބޯހިމެނުން 2022.
އިތުރަށް ވިދާޅުވެލެއްވުމަށް https://t.co/JtPjQxFnk1 pic.twitter.com/liI3AFhV2X— Statistics Maldives (@statsmaldives) October 20, 2022
އެހެންވެ ރާއްޖޭގެ އާބާދީގެ ޖުމުލަ އަދަދަކީ 452،495 އެވެ. އެއީ 2014 ވަނަ އަހަރުގެ އާބާދީއާ އަޅާބަލާ 50,424 މީހުންގެ އިތުރުވުމެކެވެ.
މިދިޔަ މަހުގެ 13 ގައި ފެށި މި އަހަރުގެ ބޯހިމެނުގައި މިހާތަނަށް ގުނިފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ކަމަށް އިމިގްރޭޝަންގެ ރިކޯޑުތަކުން ދައްކާ ބިދޭސީންގެ އާބާދީގެ 65 ޕަސެންޓެވެ. އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މިހާތަނަށް ގުނިފައި ވަނީ 89 ޕަސެންޓު މީހުންނެވެ.