މި އަހަރުގެ ކުރީކޮޅު މަގާމުން ދުރުކުރި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް ކުރިއަށް އޮތް ފަސް އަހަރު އެއްވެސް އިންތިހާބެއްގައި ވާދަކުރުން މަނާކޮށްފި އެވެ.
ކްރިކެޓުން މަޝްހޫރުކަން ހޯދުމަށް ފަހު ސިޔާސީ ދާއިރާ އަށް ނުކުންނެވި އިމްރާނަށް މިފަދަ ފިޔަވަޅެއް އެޅުމާ ބެހޭ ގޮތުން ޕާކިސްތާންގެ އިލެކްޝަން ކޮމިޝަން (އީސީޕީ) އިން ބުނީ މިއީ އޭނާގެ "ކޮރަޕްޓް އުސޫލުތަކާ" ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އިމްރާނަކީ ބޮޑުވަޒީރުކަމުގައި ހުންނަވައިގެން އިތުރުފުޅު ހައްދަވައި، ހަގީގަތް ފޮރުވަން މަސައްކަތްކުރައްވާފައިވާ ބޭފުޅެއް ކަމަށް ވެސް ބުންޏެވެ.
އީސީޕީގެ ވެރިޔާ ސިކަންދަރް ސުލްތާން ރާޖާ ވިދާޅުވި ގޮތުގައި އިމްރާނަކީ ބޮޑުވަޒީރުގެ މަގާމުގައު ހުންނަވައިގެން ސައުދީ އަރަބިއްޔާ އާއި ދުބާއީ ފަދަ ގައުމުތަކުގެ ވެރިންގެ އަތުން ހަދިޔާތައް ހޯއްދަވައި އެކަންކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް އިތުރުފުޅު ހައްދަވާފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ ސިޔާސީ ލީޑަރެކެވެ.
چیئرمین عمران خان کا قوم کے نام اہم ترین پیغام۔ (1/2)
#عمران_خان_ہماری_ریڈ_لائن pic.twitter.com/eKW75EJ6o0
— PTI (@PTIofficial) October 21, 2022
އިމްރާނަށް އެޅި ފިޔަވަޅާ ގުޅިގެން އޭނަގެ ވަރަށް ގިނަ ސަޕޯޓަރުން އިއްޔެ މަގުތަކަށް ނުކުމެ އީސީޕީގެ ދޮށުގައި ވެސް މުޒާހަރާކޮށްފައިވެ އެވެ. އިމްރާން ވިދާޅުވީ މަގުތަކަށް ސަޕޯޓަރުން ނުކުމެ ހަމަނުޖެހުން އުފައްދަން ހިތްވަރުނުދޭނެ ކަމަށާއި އެކަމަކު މި ފަހުގެ ފަހުކޮޅު ޕާކިސްތާނުގެ ތާރީހުގައި ވެސް ބާއްވާ އެންމެ ބޮޑު މުޒާހަރާ އޭނަގެ ޕާޓީ، ޕާކިތާން ތަހްރިކޭ އިންސާފު (ޕީޓީއައި) އިން ބާއްވާނެ ކަމަށެވެ.
އޮގަސްޓް 18، 2018 ގައި ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވި އިމްރާން، 70، ގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރީ އެޕްރީލް 10، 2022 ގަ އެވެ.