Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ޒުވާނުންނަށް އެތައް ކަމެއް ފަހިކޮށް ދީފި

މިއަދު ރާއްޖޭގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރާ އިރު، ސަރުކާރުން މިހާތަނަށް ޒުވާނުންނަށް ފަހިކޮށް ދީފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން އެތައް އެޕްރެންޓިސް ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ އިރު، ޒުވާނުންނަށް މިހާތަނަށް 20،000 އަށް ވުރެ ގިނަ ވަޒީފާ ވެސް އުފައްދައިދެވިއްޖެ ކަމަށެވެ. އަދި 15،000 ދަރިވަރުން ހިލޭ ޑިގްރީ އަށް ކިޔަވާ އިރު، ޒުވާން ވިޔަފާވެރިވެރިން އުފައްދަން 474 މިލިއަން ރުފިޔާގެ ލޯނު ފަދަ އެތައް ކަމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހާސިލުކޮށް ދީފައިވާ ކަމަށެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި ކުޅިވަރު ތަރައްގީކޮށް ކުރިއަރުވަން ކުރާ މަސައްކަތާ އެކީ ރާއްޖެ މިހާރު އޮތީ "ކުޅިވަރުގެ ރަންޒަމާނުގެ" ތެރޭގަ އެވެ.

"…މިފަދަ އެތައް ކަމެއް ރައީސް ސޯލިހުގެ ސަރުކާރުން ހާސިލުކޮށް ދީފައިވާކަމީ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރާ އިރު އޮތް ހިތްހަމަޖެހުމެއް." އޭނާ ވިދާޅުވި އެވެ.

ގައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ 22 އެވެ.