އިޒްރޭލުގެ އެއްވެސް އުފެއްދުމެއް ދެން ނުގަންނާނެ ކަމަށާއި އެ މީހުންގެ އަނިޔާވެރިކަން މިހާރު ހައްދު ފަހަނައަޅާފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަލީޖިހާއި ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރިން ކުރައްވާފައިވާ އިބްރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބަދު ވެސް ފަލަސްތީނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގާ އިޒްރޭލުން މިހާރު މިހާރު އެ ކުރާ ކަމަކީ، ފަލަސްތީނުގެ ޒައިތޫނި ދަނޑުތަކުގައި ގޮވާންކުރަންދާ މީހުން ހުއްޓުވުން ކަމަށެވެ. އަދި ކުޑަކުދިންނަށް ވެސް އަނިޔާ ކުރަނީ ކަމަށް ވިދާޅުވި އެވެ.
"[އެހެންވީމަ ދެން] އިޒްރޭލުގައި އުފައްދާ އެއްވެސް އެއްޗެއް އަހަރެން ދެން ނުގަންނާނަން. އަހަންނާ ބައިވެރިވާނީ ކާކު؟" މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ބޭބެ ވިދާޅުވި އެވެ. "އެ މީހުންގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮއްސި."
އިޒްރޭލުގައި އުފައްދާ އެއްވެސް އެއްޗެއް އަހަރެން ދެން ނުގަންނާނަން. އަހަންނާ ބައިވެރިވާނީ ކާކު?
އެމީހުންގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮއްސި. މިހާރު އެކުރާ ކަމަކީ، ފަލަސްތީނުގެ ޒައިތޫނި ދަނޑުތަކުން ގޮވާންކުރަންދާ މީހުން ހުއްޓުވަނީ. ކުޑަކުދިންނަށް އަނިޔާ ކުރަނީ.— Maverick Ibra (@ibramandhu) October 21, 2022
ޔާހޫދީ އިޒްރޭލަކީ ފެށުނީއްސުރެ މުސްލިމު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާ ބައެކެވެ. އެގޮތުން އެ ރައްޔިތުންގެ ބިންތައް ފޭރި ގަނެ އަމިއްލަ ކުރުމާއި އަނިޔާވެރި ހަމަލާތައް ދީ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރުމަކީ އިޒުރޭލުގެ އާދައެކެވެ.
ރާއްޖެ އަކީ އަބަދު ވެސް ފަލަސްތީނާއި ގައުމުގެ ރައްޔިތުންގެ ދިފާއުގައި ވަކާލާތުކުރާ ގައުމެކެވެ.