Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އައްޑޫގެ "އަންކަރަ ނައިޓް" އަށް ބޮޑު ތަރުހީބެއް

ތުރުކީގެ ޕާސްތާ ބްރޭންޑެއްގެ ޕްރޮމޯޝަނަށް އެސްޓީއޯ އިން އައްޑޫގައި ރޭ ބޭއްވި "އަންކަރަ ނައިޓް" އަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި އިވެންޓް އޮތީ ރޭ 8:30 އިން 10:30 އަށް ހިތަދޫގައި ހިންގާ އައްޑޫ ހައި ސްކޫލްގަ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އިވެންޓަށް ބޮޑު ތަރުހީބެއް ލިބުނު އިރު، ގިނަ އަދަދެއްގެ ޒުވާނުން އެ އިވެންޓަށް ގޮސް ޕާސްތާގެ ރަޖަ ތަޖުރިބާކޮށްފައިވެ އެވެ. މިއީ އެ ކުންފުނީގެ "އަންކަރަ ނައިޓް" އައްޑޫގައި ބޭއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެ އިވެންޓް އާންމުކޮށް ބާއްވަމުން އައީ މާލޭގަ އެވެ.

އެސްޓީއޯ އިން ބުނީ ރޭ އައްޑޫގއި ބޭއްވި ހަފްލާގެ މަގުސަދަކީ އަންކަރަ ބްރޭންޑު ޕާސްތާގެ މުހިންމު މައުލޫމާތު އާންމުންނަށް ދީ އެ ބްރޭންޑު ބޭނުންކޮށްގެން ހެދޭނެ ތަފާތު ވައްތަރުގެ ޕާސްތާ ރެސިޕީތަކާއި އޭގެ ރަހަ ދައްކައިލުން ކަމަށެވެ.